މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ 37 ވަނަ މާއްދާގެ ދަށުން އޮފީހުގެ އަމިއްލަ އިސްނެގުމަށް ހާމަކުރާ މަޢުލޫމާތު

އިންފޮމޭޝަން އޮފިސަރއާއި ބެހޭ މަޢުލޫމާތު

ނަން: ޝަޛިއްޔާ މުޙައްމަދު

މަގާމު: ހިއުމަން ރިސޯސް އޮފިސަރ

ފޯން ނަންބަރު: 3041845

އީމެއިލް:  [email protected]

(ޅ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސައްކަތްތައް

ޤާނޫނު ނަންބަރު 2021/7 (ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) ގެ 7 ވަނަ މާއްދާގެ ދަށުން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސްއޫލިއްޔަތުތަކުގެ ގޮތުގައި ކަނޑައަޅާފައިވާ ކަންތައްތައް ތިރީގައި މިވަނީއެވެ.

1. ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ފެންވަރު ކަށަވަރުކުރުމުގެ އުސޫލުތައް ހަދައި ހިންގުން.

2. ޤައުމީ ސަނަދުތަކުގެ އޮނިގަނޑު އެކުލަވައިލުމާއި، މުރާޖާކޮށް އިޞްލާޙުކުރުމާއި، އެ އޮނިގަނޑު ތަންފީޒުކުރުން.

3. ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތައް ފަރުމާކޮށްފައިވަނީ މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ކަނޑައަޅައިފައިވާ ފެންވަރާއި އުސޫލާ އެއްގޮތަށްކަން ކަށަވަރުކުރުން.

4. ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމާއި ތަމްރީނު ޕްރޮގްރާމްތަކުގެ ހުއްދަދިނުމާއި، އެކްރެޑިޓްކުރުމާއި، އޮޑިޓްކުރުމުގެ އުސޫލުތައް އެކުލަވާލައި ތަންފީޒުކުރުން.

5. ސަނަދުތަކުގެ ފެންވަރު ކަނޑައެޅުމާގުޅޭ އުސޫލުތައް އެކުލަވައިލައި ތަންފީޒުކުރުން.

6. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލުކުރާ ސަނަދުތަކާއި، އެ ސަނަދުތައް ހާސިލުކުރާ ފަރާތްތަކުގެ ދަފުތަރެއް ބެލެހެއްޓުން.

7. ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގެ މަރުކަޒުތަކުން ހިންގާ ޕްރޮގްރާމްތަކުގެ ތެރެއިން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ބަލައިގަންނަ ޕްރޮގްރާމްތައް އާންމުކުރުން.

8. މަތީ ތަޢުލީމުދޭ މަރުކަޒުތަކާއި، އެ މަރުކަޒުތަކުގައި ހިންގާ ޕްރޮގްރާމްތަކުގައި ކިޔަވައިދޭ ފަރާތްތަކުގެ ފެންވަރު ބެލުން.

9. ތަފާސްހިސާބާއި ރިސާރޗްގެ ބޭނުމަށް މަތީ ތަޢުލީމުދޭ މަރުކަޒުތަކުން މަޢުލޫމާތު ހޯދުން.

10. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސައްކަތްތަކާ ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުން.

11. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޭ ޚިދުމަތްތަކަށް ފީއެއް ނަގާނަމަ އެ ފީއެއް ނަގާނެ އުސޫލު ކަނޑައަޅައި، އާންމުކުރުން.

12. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއަށް ޝަކުވާ ހުށަހެޅުމާއި ޝަކުވާ ބަލައިގަތުމުގެ ނިޒާމެއް ގާއިމުކުރުން.

13. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސައްކަތްތަކާގުޅޭ އެންމެހައި ސިޔާސަތުތައް ކަނޑައެޅުމުގައި މިނިސްޓްރީގެ ލަފާ ހޯދުން.

/Link: https://mqa.gov.mv/en

/Link: https://mqa.gov.mv/en/enquiry

Link: https://shorturl.at/I06lr

ޝަކުވާގެ ބާވަތް 2025 2026
ޕުރޮގްރާމް އެކްރެޑިޓޭޝަން އާ ގުޅޭ 1 1
އިންސްޓިޓިއުޝަނަލް އޮޑިޓް އާ ގުޅޭ 1 0
ޕްރޮގްރާމް އޮޑިޓް އާ ގުޅޭ 6 0
ކޮލިފިކޭޝަންސް ރިކޮގްނިޝަން އާ ގުޅޭ 47 20
އެހެނިހެން 1 0

-  އިލެކްޓްރޯނިކް ފައިލް

-  ލިޔެކިޔުންތަކުގެ އަސްލު ފައިލް ކުރެވިފައި

-  އިދާރީ އަދި ފައިސާއާ ގުޅުންހުރި ލިޔެކިޔުންތައް

-  ޕްރޮގްރާމް އެކްރެޑިޓޭޝަނާ ގުޅުންހުރި ލިޔެކިޔުންތައް

-  އިންސްޓިޓިއުޝަނަލް އޮޑިޓާ ގުޅުންހުރި ލިޔެކިޔުންތައް

-  ޕްރޮގްރާމް އޮޑިޓާ ގުޅުންހުރި ލިޔެކިޔުންތައް

-  ކޮލިފިކޭޝަންސް ރިކޮގްނިޝަނާ ގުޅުންހުރި ލިޔެކިޔުންތައް

-  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ގަބޫލުކުރާ ސަނަދުތަކާއި، އެ ސަނަދުތައް ހާސިލުކުރާ ފަރާތްތަކުގެ ދަފުތަރެއް

-  ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު

-  ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމާއި ތަމްރީނު ޕުރޮގުރާމުތަކުގެ ފެންވަރު ކަށަވަރުކުރުމުގެ ގޮތުން ޤާނޫނު ނަންބަރު 2021/7 (ދިވެހި ރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) ގެ ދަށުން އެކުލަވާލާފައިވާ ގަވާއިދުތަކާއި އުސޫލުތައް.

-  ދިވެހިރާއްޖެއާއި ދިވެހިރާއްޖެއިން ބޭރުގެ މަރުކަޒުތަކުން ހިންގާ ޕުރޮގުރާމުތަކުގެ ތެރެއިން މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ބަލައިގަންނަ ޕުރޮގުރާމުތައް

-  އާންމު އިޢުލާންތަކާއި ނޫސްބަޔާން

-  މި އޮތޯރިޓީން ހިންގާ އެހެނިހެން ހަރަކާތްތަކުގެ ޚަބަރާއި މަޢުލޫމާތު

-  ވެބްސައިޓް މެދުވެރިކޮށް (https://mqa.gov.mv/en/enquiry)

-  އީމެއިލާއި ސިޓީން

-   އާރު.ޓީ.އައި މެދުވެރިކޮށް

-   ޤާނޫނު ނަންބަރު 2021/7 (ދިވެހި ރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) ގެ 13 ވަނަ މާއްދާގެ (ހ) ގެ ދަށުން، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީގެ މަސައްކަތްތައް ދުވަހުން ދުވަހަށް ރާވައި ހިންގުމުގެ ވެރިޔަކީ މި އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރެވެ.

Link: https://mqa.gov.mv/en/legislations

Link: https://mqa.gov.mv/en/regulations

Link: https://mqa.gov.mv/en/regulations

Link: https://mqa.gov.mv/en/standards

Link: https://mqa.gov.mv/en/media-center

-  ޤާނޫނު ނަންބަރު 2021/7 (ދިވެހި ރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނު) ގެ ދަށުން ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމާއި ތަމްރީނު ޕުރޮގުރާމުތަކުގެ ފެންވަރު ކަށަވަރުކުރުމުގެ ގޮތުން.

# ނިންމުންތައް ތަފުސީލު
1. ހާފިޛްކަމުގެ ސަނަދު ލެވެލް 4 އަށް ގިންތި ކުރުން. ޙާފިޘު ކަމުގެ ސަނަދަކީ އެމް.އެން.ކިއު.އެފް ލެވެލް 4 ގެ ސަނަދެއްގެ ގޮތުގައި ބަލައިގަތުން. މިކަމުގެ ސަބަބުން، ގިނަ ފަރާތްތަކަށް ޤުރުއާނާއި ޤުރުއާނުގެ އިލްމު އުގެނުމުގެ ދާއިރާއިން އިތުރު ފުރުސަތުތައް ހުޅުވިގެންދިއުން.
2. އެމް.ކިއު.އޭ އިން ދޫކުރާ ލިޔެކިޔުންތައް އެޓެސްޓްކުރުން. އެމް.ކިއު.އޭ އިން ދޫކޮށްފައިވާ ރަސްމީ ލިޔެކިޔުންތަކުގެ ކޮޕީ އެހެނިހެން ފަރާތްތަކަށް ހުށަހެޅުމުގައި، އެ ލިޔެކިޔުންތަކުގެ ޞައްޙަކަން ފަސޭހަކަމާއެކު ކަށަވަރުކުރެވޭނެ ނިޒާމެއް ގާއިމުކުރުން. (-) އެޓެސްޓްގެ ސަބަބުން ވަޒީފާދޭ ފަރާތްތަކަށް އެމް.ކިއު.އޭ ގެ އެޓެސްޓޭޝަން ޖެހުމުން އެ ލިޔުން ކަށަވަރު ކުރުމަށް ފަސޭހަވެގެންދާނެއެވެ.
3. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން އެކްރެޑިޓޭޝަން ދީފައިވާ ޕުރޮގްރާމްތައް ދިވެހިރާއްޖެއިން ބޭރުގައި ހިންގުމުގެ ހުއްދަ ދިނުން. (-) އެމް.ކިއު.އޭ އިން އެކްރެޑިޓްކޮށް ދީވެހިރާއްޖޭގައި ހިންގުމުގެ ހުއްދަ ދީފައިވާ ކޯސްތަކުގެ ފެންވަރު ދެމެހެއްޓުމަށާއި އެމް.ކިއު.އޭ ގެ ގަވާއިދުތަކާއި އުސޫލުތަކާއި ތަޢުލީމީ މިންގަޑުތަކާ އެއްގޮތަށް ޕުރޮގްރާމްތައް ރާއްޖެއިން ބޭރުގައިވެސް ހިންގުމަށް ބާރުއެޅުން. (-) ރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ އިތުބާރާއި ނަޒާހާތްތެރިކަން ރާއްޖެއާއި ރާއްޖެއިން ބޭރުގައި ހިފެހެއްޓުން. (-) ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނު ބައިނަލްއަޤުވާމީ ގޮތުން ފުޅާވެގެން ދިއުން.ދިވެހިރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނު ބައިނަލްއަޤުވާމީ ގޮތުން ފުޅާވެގެން ދިއުން.


 - 

-  އެމް.ކިއު.އޭ އިން ފޯރުކޮށްދޭ މަސައްކަތްތައް ޑިޖިޓަލައިޒްކުރުން.

-  މައިކްރޯކްރެޑެންޝިއަލް ފްރޭމްވޯރކެއް އެކުލަވާލުން.

-  ގަވާއިދުތަކާއި އުސޫލުތައް އިސްލާހުކުރުން.

-   އެމް.އެން.ކިއު.އެފް އިސްލާހުކުރުން.

-  މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ޕުރޮގްރާމްތައް ރާއްޖެއިންނާއި ރާއްޖެއިން ބޭރުން ހޯދައި ރޭވުން.

-  މަރުކަޒުތަކަށް ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ހިންގުން.

-  އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުން.

# މަސައްކަތް ޚަރަދު
1. ދިވެހިރާއްޖޭގައި ހިންގާ މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް އޮޑިޓްކުރުމުގެ ޤަވާއިދާއި ގުޅުންހުރި އުޞޫލުތައް އިޞްލާހުކުރުން. 428,887.50
2. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) ން ދެމުންދާ ޚިދުމަތްތައް ހަރުދަނާކޮށް ހަލުވިކުރުމަށް ބޭނުންވާ ފަންނީ މުވައްޒަފުން ނެގުން. 337,018.50  
3. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) ގެ މުވައްޒަފުންނަށް ފަންނީ ތަމްރީނުދިނުމުގެ ޕްރޮގްރާމް. 300,000.00 
4. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) ގެ ޑިޖިޓައިޒޭޝަން ޕްރޮޖެކްޓްގެ ދަށުން ލިޔެކިޔުންތައް ސްކޭންކުރުމުގެ މަސައްކަތް.މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމް.ކިއު.އޭ) ގެ ޑިޖިޓައިޒޭޝަން ޕްރޮޖެކްޓްގެ ދަށުން ލިޔެކިޔުންތައް ސްކޭންކުރުމުގެ މަސައްކަތް. 372,916.00
ޖުުމްލަ 1,438,822.00

Link: https://mqa.gov.mv/en/downloads/employees-salary-details

-  މި އޮތޯރިޓީއާ ގުޅުންހުރި އުސޫލުތައް މި އޮތޯރިޓީގެ ޓެކްނިކަލް ޓީމުގެ މަޝްވަރާއާއި މި އޮތޯރިޓީގެ ޤާނޫނީ ލަފާގެ  މަތިން އެކުލަވާލުން.

-   މަރުކަޒުތަކާ ގުޅުންހުރި އުސޫލެއް ނަމަ މަރުކަޒުތަކުގެ މަޝްވަރާއާއި ލަފާ ހޯދުން.

-  މި އޮތޯރިޓީގެ އެޑްވައިޒަރީ ބޯޑުގެ ލަފާ ހޯދުން.

-   މިނިސްޓްރީގެ ޕޮލިސީ އެންޑޯރސްމެންޓް ކޮމިޓީގެ ލަފާ ހޯދުން.

-  ވަޒީރުގެ އެންޑޯރސްމެންޓް ހޯދުން.

-   އެޓަރނީ ޖެނެރަލްއޮފީހުގެ ލަފާ ހޯދުން.

-  ގެޒެޓް ކުރާ އުސޫލެއް ނަމަ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއަރޒްގެ ލަފާ ހޯދުން.

-   ކޮމިއުނިކޭޝަން ޕްލޭން އެކުލަވާލުން.

-   އާންމުން ހޭލުންތެރިކުރުން.

-  ޗީފް އެގްޒެކެޓިވް އޮފިސަރ

- ޑިރެކްޓަރ ޖެނެރަލް

-  ސެކްޝަންތަކުގެ ވެރިން

-  މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

Link: https://mqa.gov.mv/en/executives/information-officer

Link: https://mqa.gov.mv/en/executives/information-officer

Link: https://mqa.gov.mv/en/executives/information-officer