"ދިވެހި
ހަވާލާދިނުމުގެ އުސްލޫބު" އަކީ، މަތީ ތަޢުލީމު ހާސިލުކުރާ ދަރިވަރުންނާއި،
ދިވެހި އިލްމީ ދިރާސާވެރިންނާއި ލިޔުންތެރިންނަށް މި އޮތޯރިޓީގެ ފަރާތުން
އިސްނަގައިގެން ތައްޔާރުކޮށްފައިވާ އަގުހުރި އިލްމީ މަސައްކަތެކެވެ. މި އުސްލޫބު
އެކުލަވައިލުމުގައި ބައިވެރިވެލެއްވި މުޞައްނިފުންނަކީ، މިނިސްޓްރީ އޮފް ދިވެހި
ލެންގުއޭޖް، ކަލްޗަރ އެންޑް ހެރިޓޭޖްގެ އަލްފާޟިލާ އައިޝަތު ޝިމްލާ،
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޑރ. އާމިނަތު ރިޔާޟް، އިސްލާމިކް ޔުނިވަރސިޓީ
އޮފް މޯލްޑިވްސްގެ ޑރ. އާމިނަތު ޝާފިޔާ އާދަމް، ވިލާ ކޮލެޖްގެ ޑރ. އަޙްމަދު އަލި
ދީދީ، މިއާންޒް ކޮލެޖްގެ އަލްފާޟިލް މުތާއު ޝަހީމް ހިމެނެއެވެ. މި މުހިންމު
މަސައްކަތް ކާމިޔާބުކަމާއެކު ނިންމުމަށް މިނިސްޓްރީ އޮފް ދިވެހި ލެންގުއޭޖް،
ކަލްޗަރ އެންޑް ހެރިޓޭޖްގެ ބަސް ކޮމިޓީގެ ފަރާތުން ދެއްވި ފުރިހަމަ އެހީތެރިކަމާއި
އެއްބާރުލުމަށްޓަކައި ނުހަނު އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.